ދިވެހިރާއްޖެ
ހާފިޒު އަހުމަދު ސްކޫލް
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ
ނަންބަރ:IUL)GS-74/GS-74/2023/36)
IUL)GS-74/GS-74/2023/34) ނަންބަރު އިޢުލާނުގައި މަޢުލޫމާތުފޯމާއި އިޢުލާނުގެ ތާރީޚް ދިމާނުވުމާއި ގުޅިގެން، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
1. 01 ޖަނަވަރީ 2024 އިން 31 ޑިސެމްބަރ 2024 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 26 ނޮވެމްބަރ 2023 އިން 29 ނޮވެމްބަރ 2023 އަށް
ބަންދުނޫން ދުވަސްތަކުގެ 08:00 އިން 14:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ޕުރޮޖެކްޓާއި ބެހޭގޮތުން ސުވާލު ހުށައަޅާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 03 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 10:00 ގައި ހާފިޒް އަޙްމަދު ސްކޫލުގެ މީޓިންގ ރޫމުގައެވެ.
5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 06 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 10:00 ގައިހާފިޒް އަޙްމަދު ސްކޫލުގެ މީޓިންގ ރޫމުގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
ހާފިޒް އަޙްމަދު ސްކޫލް
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ.
ފޯން: 7796334
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
09 ޖުމާދަލް އޫލާ 1445
23 ނޮވެމްބަރ 2023