ދިވެހިރާއްޖެ
މ.ކޮޅުފުށީ ކުރީގެ އިންޖީނުގޭގައި ބޭނުންކުރި ތެޔޮޓޭންކް ސިޓީލާ ނީލަމުގައި ވިއްކާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. ނީލަން ފެށޭއަގަކީ 10،000.00 (ދިހަ ހާސް) ރުފިޔާއެވެ. ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގަކީ 500 (ފަސްސަތޭކަ) ރުފިޔާއެވެ. ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ނޮވެމްބަރ 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 12:00 ގެ ކުރިން "ތެޔޮޓޭންކް" ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓް https://kolhufushi.gov.mv/ އިން ލިބޭނެއެވެ.
ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގެ ކުރިން މިއިދާރާގެ ނޯޓިސް ބޯޑާއި ވައިބަރ ކޮމިއުނިޓީގައި ޢާއްމު ކުރެވޭނެއެވެ. ނީލަމުން ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ. ނީލަމުން ނަންގަވާ ތެޔޮޓޭންކް ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެއެވެ.
މި ތެޔޮޓޭންކާއި އާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަންބަރު 6720606 ފޯނާއި ގުޅުއްވުން އެދެމެވެ.