ޢާންމު މަޢުލޫމާތު
ނަންބަރު: GS-189/IUL/2023/53
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 30 ނޮވެންބަރު 2023 12:00
މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ

                           އިޢުލާން ނަންބަރ: GS-189/IUL/2023/53

 

އިޢުލާނު

2024 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

         01 ޖެނުވަރީ 2024 އިން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތަތަކުން 27 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހުން ފެށިގެން 30 ނޮވެމަބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.

        މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ( ޤާނޫނު ނަންބަރ: 18/2014 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ: 19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

         ނަންނޯޓް  ކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، އައިޑީކާޑް އަދި ބަދަލުގައި އެހެން ފަރާތެއް ހާޟިރުވާނަމަ ހާޟިރުވާ ފަރާތުގަވެސް އައިޑީކާޑާއި، ވެރިފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.

       ބީޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 05 ޑިސެމްބަރު 2022 ވާ އަންގާރަ ދުވަހު 10:00 ގައެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 6800549 ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. ސްކޫލުގެ އީމެއިލް އަކީ

 އެވެ[email protected]

                                     09 ޖުމާދަލްޢޫލާ 1445

                                     23 ނޮވެމްބަރު 2023

23 ނޮވެންބަރު 2023