ދިވެހިރާއްޖެ
2015 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިވާ އަމިއްލަ ކުންފުނިތަކުން، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް މި މިނިސްޓްރީން ކުރި އިޢުލާނު 89/2014/1/IUL)142-D) ގައި ފުރުޞަތަށް އެދި ހުށަހަޅަންވީ މުއްދަތު ހަމަވާ ތާރީޚު ކަމުގައި ބަޔާންކޮށްފައިވަނީ 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 1:30 ގެ ކުރިންނެވެ. ނަމަވެސް ގިނަ ކުންފުނިތަކުން އިތުރު ވަގުތު ދިނުމަށް އެދި މި މިނިސްޓްރީއަށް ހުށަހަޅަމުންދާތީ، އެ އިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތު 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ 1:30 އާ ހަމައަށް އިތުރުކޮށްފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. މިކަމަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ޝަރުޠުތަކަކީ:
- ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏަކަށް ވުން.
- ފަސްލައްކަ ދިވެހިރުފިޔާގެ ބޭންކް ގެރެންޓީއެއް ޢުމްރާގެ ހުއްދަދެވޭ މުއްދަތަށް ބެހެއްޓުން.
- ހުށަހަޅާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ އަދި ޢުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމުތަކާއި ކަންކަން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް، ފާއިތުވެދިޔަ އަހަރުތަކުގައި ޢުމްރާ ނުވަތަ ޙައްޖުގެ ފައިސާ މެނޭޖު ނުކުރެވިފައިވާކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
ވީމާ، މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ، މިކަމަށް ޝައުޤުވެރިވާ ކުންފުނިތަކުން ތިރީގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތަކާއެކު 2015 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިކަން ހުރިކަން މި މިނިސްޓްރީއަށް 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ 1:30 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
- ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓިފިކެޓު، ލެޓަރހެޑް، ލޯގޯ، ސިއްކައިގެ ކޮޕީ އަދި ވޭތުވެދިޔަ 6 މަސް ދުވަހުގެ ކުންފުނީގެ ބޭންކު ސްޓޭޓްމަންޓް.
- ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި، ބޯޑުގެ މެމްބަރުންނާއި އަދި ޢުމްރާއާ ބެހޭ ކަންކަން ހަވާލުކޮށްފައިވާ އެންމެ އިސްވެރިޔާގެ އައިޑީ ކާޑުގެ ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި އަދި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމުތައް.
- ކުންފުންޏާއި ޢުމްރާއަށް ގެންދާ ފަރާތާ ދެމެދުގައި ހަދަން ގަސްދުކުރާ އެއްބަސްވުމުގެ ނަމޫނާ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.