ބީލަން
ނަންބަރު: (IUL)225-CA/225/2023/66
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި:
11 ޑިސެންބަރު 2023 13:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. އަތޮޅު ސްޓޭޓް ހައުސް ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ބީލަމާ ގުޅޭ
- ހއ.އަތޮޅު ސްޓޭޓް ހައުސްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް ކުރެވިފައިވާ ނަންބަރު: IUL)225-CA/225/2023/60) ( 12 އޮކްޓޫބަރު 2023) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާ ކަމަށް މި ކައުންސިލަށް ފެންނާތީ، މިމަސައްކަތް ކުރާނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2023 ނޮވެންބަރު 21 ވަނަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 28 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އޮންލައިންކޮށެވެ. ރަޖިސްޓްރީ ވުމަށް ގޫގުލް ފޯމް ލިންކް: https://forms.office.com/r/zereim7Tzv ބޭނުން ކުރުން އެދެމެވެ.
- ބީލަމުގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2023 ނޮވެންބަރު 21 ވަނަ ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ބީލަން ހުށަހަޅަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.
- މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000.00 (ފަސްހާސް ރުފިޔާ) ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ. (ބިޑް ސެކިއުރިޓީ ހުށަހަޅާނީ، ބީލަމަށް ހުށަހަޅާ އަގު 500,000.00 (ފަސް ލައްކަ ރުފިޔާ) އަށް ވުރެ މަތިކަމުގައި ވާނަމައެވެ.)
- މި ބީލަމާ ގުޅިގެން ޕްރީބިޑް މީޓިންގ އޮންނާނީ 2023 ނޮވެންބަރު 29 ވަނަ ދުވަހުގެ 13:00 ގައި ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 11 ވަނަ ދުވަހުގެ 13:00 ގައި މި ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން ނަންބަރު: 6500344
21 ނޮވެންބަރު 2023