ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)233-CA/233/2015/7
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:46
ސުންގަޑި: 19 މާރިޗު 2015 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު ދުވަސް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް  

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން، އެޗް.އާރު.އެންޑް އިންފޮމޭޝަން

މުސާރަ:

މަހަކު -/4،000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  2. ސާނަވީ ތަޢުލީމް ފުރިހަމަކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

 

  1. އިދާރާގެ ޕީ.އޭ.ބީ އެކްސް ސިސްޓަމަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ޖަވާބުދެވޭނެ ކަމާގުޅޭ މުވައްޒަފަކަށް އެ ކޯލެއް ޕާސްކުރުން.
  2. އިދާރާއަށް ލިބޭ ސިޓީ، ނޯޓް، ބިލު ފަދަ އެންމެހައި ލިޔުންތައް ބަލައިގަނެ، އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީކޮށް، ކަމާގުޅޭ މުވައްޒަފުންނާ ހަވާލުކުރުން.
  3. ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މުޢާމަލާތުކުރުމާއި، ހޯދަން އައި ޚިދުމަތަކާ ގުޅޭ މުވައްޒަފާއި އެފަރާތާ ގުޅުވައިދިނުން.
  4. އެކިއެކި ފަރާތްތަކާ ބައްދަލުކުރަން އަންނަ ފަރާތްތަކަށް، އެ ފަރާތްތަކާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
  5. ޕޯސްޓް މެދުވެރިކޮށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން.
  6. މުވައްޒަފާ ހަވާލުކޮށްފައިވާ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން.
  7. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

  1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، އއ. އަތޮޅު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.) އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 6660606 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6660707 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015