ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)293/293/2023/62
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:06
މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަގޫދޫން 2023 ގެ ކުރިން ދޫކުރެވިފައިވާ ބަންޑާރަ ގޯތިތައް ރަޖިސްޓަރީކުރުމާގުޅޭ

ދިރިއުޅުމަށްޓަކައި ނ. މަގޫދޫން 2023 ގެ ކުރިން ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީނުކޮށް ހުރި ގޯތިތައް ރަޖިސްޓަރީކުރުމަށް 22 ޑިސެންބަރު 2023 ގެކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

            ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓަރީކުރުމަށް ހުށަނާޅުއްވާ ގޯތިތަކާމެދު، ނ. މަގޫދޫ ކައުންސިލުން ފާސްކޮށް ޢާއްމުކޮށްފައިވާ "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމުގެ މަރުޙަލާގައި ފުރިހަމަކުރަންޖެހޭ ކަންކަމާއި ރަޖިސްޓަރީކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ އުސޫލު" އާ އެއްގޮތަށް ޢަމަލުކުރާނެ ވާހަކަ ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

23 ނޮވެންބަރު 2023