ޢާންމު މަޢުލޫމާތު
ނަންބަރު: Ref. No. GS-42/2021/IUL/38
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 30 ނޮވެންބަރު 2023 12:00
އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިޔުރިޓީ އައުޓްސޯސް ކުރުމާއި ގުޅޭ

Ref. No. GS-42/2021/IUL/38

އިޢުލާން

 __________________________________________________________________________

 

ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާބެހޭ:

 

1 ޖެނުވަރީ 2024 އިން 31 ޑިސެމްބަރު 2024 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދިނުމަށް ސައުގުވެރިވާ ފަރާތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މައުލޫމާތު ސާފުކުރުން

ބިޑް ހުށަހެޅުން

ތާރީޙް: 30 ނޮވެމްބަރ 2023 ( ބުރާސްފަތި)

ތާރީޙް: 05 ޑިސެމްބަރ 2023 (އަންގާރަ)

ގަޑި: 11:00 / ތަން: އދ. އަތޮޅު މަދަރުސާ (އޮފީސް)

ގަޑި: 11:00/ ތަން: އދ. އަތޮޅު މަދަރުސާ (އޮފީސް)

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި  ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6680021 އާ ގުޅުއްވުން އެދެމެވެ.

ނޯޓް: ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި" އދ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުން "މިހެން ލިޔެފައި އޮންނަންވާނެއެވެ.

09 ޖުމާދުލްއޫލާ 1445

                         23 ނޮވެމަބަރ 2023

23 ނޮވެންބަރު 2023