ދިވެހިރާއްޖެ
ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން
ފެލިވަރުގައި ހުރި ބާ ދަގަނޑުތަކަކާއި ކަރުދާސްތަކެއް ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2015 މާރިޗު 15 އާއި 16 ވަނަދުވަހު ފެލިވަރަށް ވަޑައިގެންނެވުމުން ތަކެތި ބެއްލެވުމާއި މަޢުލޫމާތު ސާފުކުރެއްވުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ:
- 150 ޓަނު ޓިންފްރީ ސްޓީލް ސްކްރެޕް: ނީލަން ފެށޭ އަގު ކިލޯއެއް -/2 ރުފިޔާ
- 3 ޓަނު މެޓަލް ސްކްރެޕް: ނީލަން ފެށޭ އަގު ކިލޯއެއް -/1 ރުފިޔާ
- 1.5 ޓަނު ކަރުދާސް ސްކްރެޕް: ނީލަން ފެށޭ އަގު ކިލޯއެއް -/75 ރުފިޔާ
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، ދެންނެވިފައިވާ އަގުތަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. މިތަކެތި ނީލަންކިޔުން އޮންނާނީ، 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00ގައި މިފްކޯގައެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ނުވަތަ މުއްދަތު ހަމަނުވާ ލައިސަނެއްފަދަ، ކާކުކަން އަންގައިދޭ ލިޔުމެއް ގެންނަވަންވާނެއެވެ.
ނީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުންވެސް -/10،000ރ. (ދިހަހާސް) ރުފިޔާގެ ޑިޕޮޒިޓެއް ދައްކަވަންވާނެއެވެ. ނީލަން ކާމިޔާބުކުރާ ފަރާތުން، ނީލަން ނިމޭތާ 07 (ހަތެއް) ދުވަހުގެތެރޭގައި، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ތަކެތި ދޫކެރެވޭނީ، އެދުވަހަކު ގެންދާ ތަކެއްޗަކަށް ވާފައިސާ ދެއްކުމަށް ފަހުގައެވެ. މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބުކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަނބުރާ ނުލިބޭނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ދެވޭނެއެވެ.
18 ޖުމާދަލްއޫލާ 1436