ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ 2 ވަނަ ޓާރމަށް އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ސްކޮލަރޝިޕަށް ހުށަހެޅުމަށް ހުޅުވާލުން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ސްކޮލަރޝިޕް ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތު 2015 ވަނަ އަހަރުގެ 2 ވަނަ ޓާރމަށް މިހާރުވަނީ ހުޅުވާލެވިފައެވެ. މިގޮތުން 2015 ވަނަ އަހަރުގެ ދެވަނަ ޓާމުގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް މި ސްކީމްގައި ހިމެނޭ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް، އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ދަޢުވަތު އަރުވަމެވެ.
ޓިއުޝަން ފީ ހިލޭ ކުރުމަކީ، ޔުނިވަރސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ކޯސް ފީ މާފުކުރުމެވެ. ނަމަވެސް މީގެ ތެރޭގައި ދަރިވަރުންގެ ޔޫނިއަނަށް ދައްކަންޖެހޭ ފީ ހިމެނިފައެއް ނުވާނެއެވެ. އަންޑަރގްރެޖްއޭޓް ސްކޮލަރޝިޕްގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޑްވާންސްޑް ސެޓުފިކެޓުން ފެށިގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯހެއްގައި ކިޔެވުމަށް ދަރިވަރުންނަށް ކޯހުގެ ފީ ޔުނިވަރސިޓީން ދައްކައިދިނުމުގެ އިތުރުން، ފުލްޓައިމް މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސްތަކެއް ދިނުމެވެ. ޕޯސްޓްގްރެޖްއޭޓް ސްކޮލަރޝިޕްގައި ހިމެނެނީ ފުލްޓައިމް ޕޯސްޓްގްރެޖްއޭޓް ކޯހެއްގައި ކިޔެވުމަށް ޓިއުޝަންފީއާ ކޯހުގެ މުއްދަތު ނިމެންދެން ކަނޑައެޅިފައިވާ ފައިސާގެ އެލަވަންސްތަކެއް ދިނުމެވެ.
ޓިއުޝަން ފީ ހިލޭ ކުރުން |
އަދަދު: 20 |
މުއްދަތު: ފުލްޓައިމް ކޯހެއްގެ މުއްދަތު |
|
ޢިނާޔަތްތައް |
ހަމައެކަނި ކޯސް ފީ ޔުނިވަރސިޓީން ދައްކައި ދިނުން. |
||
ސްކޮލަރޝިޕްގެ އަސާސީ ޝަރުޠު |
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުލްޓައިމް ދަރިވަރެއް ކަމުގައިވުން. |
||
އިތުރު ބަޔާން |
|
އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕް |
އަދަދު: 2 |
މުއްދަތު: ފުލްޓައިމް ކޯހެއްގެ މުއްދަތު |
|
ޢިނާޔަތްތައް |
|
||
ސްކޮލަރޝިޕްގެ އަސާސީ ޝަރުޠު |
|
ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް |
އަދަދު: 2 |
މުއްދަތު: ފުލްޓައިމް ކޯހެއްގެ މުއްދަތު |
|
ޢިނާޔަތްތައް |
|
||
ސްކޮލަރޝިޕްގެ އަސާސީ ޝަރުޠު |
|
||
އެމް.އެން.ޔޫ ސްކޮލަރޝިޕްތަކުގެ ޢާންމު ޝަރުޠުތައް
|
|
||
ސްކޮލަރޝިޕަށް ކުރިމަތިލުމާއި ދަރިވަރުން ހޮވުން |
|
||
ސްކޮލަރޝިޕް ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚު |
9 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޖީ-ބުލޮކުގައި ހުންނަ ސްޓޫޑަންޓް ސަޕޯޓް ސަރވިސަސްއަށެވެ. |