މަސައްކަތް
ނަންބަރު: (IUL)365-ESMS/2023/64
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 30 ނޮވެންބަރު 2023 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލީ އިޖުތިމާޢީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މ.މުލީ އިޖުތިމާޢީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މ. މުލީ އިޖުތިމާޢީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށްވަނީ ބޭނުންވެފައެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރ 22 ވާ ބުދަ ދުވަހުންފެށިގެން 2023 ނޮވެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

މި މަސައްކަތަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް 2023 ޑިސެމްބަރ 03 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 ޑިސެމްބަރ 11 ވަނަ ދުވަހުގެ 13:00  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

އިވެލުލުވޭޝަން ކްރައިޓީރިއާ

  • މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %70 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތަށް:  ޕޮއިންޓް (އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތުގެ ތަޖުރިބާ:  ޕޮއިންޓް (ތަޖުރިބާ ލިޔުމުގެ ގޮތުގައި ބަލާނީ ސަރުކާރުގެ އިދާރާތަކުން މިބާވަތުގެ މަސައްކަތްކުރިކަމަށް އެފަރާތުން ދޫކޮށްފައިވާ 20،000.00 ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތްތަކެވެ. އަދި ކޮންމެ ލިޔުމަކަށް 1 މާކްސްއެވެ. މިގޮތުން އެންމެ ގިނައިންދެވޭނީ 15 ޕޮއިންޓެވެ.)

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

22 ނޮވެންބަރު 2023