ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PRC/2015/130
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 06 އޭޕްރިލް 2015 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެއަރ ކުއަރލިޓީ އިކުއިޕްމަންޓް ގަތުމަށް.

އެއަރ ކުއަރލިޓީ އިކުއިޕްމަންޓް ގަތުމަށް އަލުން ބީލަން ހުޅުވާލުން

މި ޔުނިވަރސިޓީންކޮށްފައިވާ އިޢުލާން (MNU-CA-PRC/2014/46) އަދި (MNU-CA-PRC/2015/64) އަށް ލިބިފައިވާ ބިޑްތައް މި ރިސާރޗް ޕްރޮޖެކްޓްގައި ބަޖެޓް ކުރެވިފައިވާ އަދަދަށްވުރެ ބޮޑުވުމާއި އެކު ކުރީގެ ބީލަން ކެންސަލްކޮށް އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

މި ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ރިސާރޗް ސެންޓަރުން ހިންގުމަށް ހަމަޖެހިފައިވާ އެއަރ ޕޮލިއުޝަން މޮނިޓަރިންގ ޕްރޮޖެކްޓަކަށް ތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގައި ހުންނަ މޯލްޑިވްސް ކްލައިމެޓް އޮބްސަރވޭޓަރީއާ ގުޅިގެންނެވެ. އަދި މި ޕްރޮޖެކްޓަކީ މި ޔުނިވަރސިޓީގެ ރިސާރޗް ގްރާންޓްގެ ދަށުން ފަންޑް ކުރަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

ގަންނަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު

  • 2 ހައި ވޮލިއުމް އެއަރ ސާމްޕްލަރސް
  • 2 އޮޓޮމެޓިކް ވެދަރ ސްޓޭޝަންސް
  • 1 ޑެސިކޭޓަރ
  • 1 އެނެލިޓިކަލް ބެލެންސް

މި ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް ޖަދުވަލު 1 ގައި ބަޔާން ކުރެވިފައި ވާނެއެވެ. "ޕްރޮޕޮނެންޓް ސްޕެސިފިކޭޝަންސް" ކޮލަމް ފުރިހަމަ ކުރެއްވުމަށްފަހު ބީލަމާ އެކީ ހުށަހަޅުއްވަންވާނެއެވެ.

ޕްރޮޕޯޒަލް ހުށަހެޅުމާއި އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

ޕްރޮޕޯޒަލާއެކު ހުށަހަޅަންވީ ތަކެތި:

  • މިތަކެތި ސަޕްލައި ކޮށްދެވޭނޭ އަގު، ޑިސްކައުންޓް، ވޮރަންޓީ އަދި ކޮމަރޝަލް އިންސެންޓިވްސް ފަދަ ތަކެތި
  • ޖަދުވަލު 1 (ޕްރޮޕޮނެންޓްސް ސްޕެސިފިކޭޝަންސް ބައި ފުރިހަމަ ކުރެއްވުމަށްފަހު)
  • ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް އެނގޭފަދަ ލިޔުންތައް (ބްރޯޝަރ، ވެބްސައިޓުން މަޢުލޫމާތު ފަދަ ތަކެތި)
  • ކުންފުނީގެ މަޢުލޫމާތު އަދި ލިބިފައިވާ ތަޖުރިބާ

އަންދާސީހިސާބު ހާރޑް ކޮޕީގެ ގޮތުގައި ނުވަތަ ޕީ.ޑީ.އެފް. ފޯމެޓްކޮށް އީމެއިލްކުރެއްވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ އެޑްރެހަށް 6 އެޕްރީލް 2015 ގެ 14:00 ގެ ކުރިންނެވެ.

ޕޯސްޓްގްރެޖުއޭޓް ރިސަރޗް ސެންޓަރު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އިދާރީ މަރުކަޒު
ރަށްދެބައި ހިނގުން
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]   

ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ 6 އެޕްރީލް 2015 ގެ 14:00 ގައެވެ. އަދި 26 މާރިޗު 2015 ގެ ކުރިން އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް ފުރުޞަތުދެވޭނެއެވެ.

ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

ތަފުސީލު

ބަރުދަން

ހުށަހަޅާ އަގު

30%

ޓެކްނިކަލް ރިކުއަރމެންޓް

45%

ތަކެތި ސަޕްލައި ކޮށްދެވޭނޭ މުއްދަތު

20%

ކުންފުނީގެ މަޢުލޫމާތު އަދި ތަޖުރިބާ

5%

ތާރީޚުތަކުގެ ތަފުސީލު:

ތާރީޚު

ތަފުސީލު

12 މާރިޗު 2015

ބީލަން ހުށަހެޅުމަށް އެދި އިޢުލާނު ކުރުން

26 މާރިޗު 2015 ގެ ކުރިން

މަޢުލޫމާތު ސާފު ކުރުމަށް ހުޅުވާލެވޭ މުއްދަތު

6 އެޕްރީލް 2015

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާތާ 2 ހަފުތާގެ ތެރޭ

އިވެލުއޭޓް ކުރުން

20 އެޕްރީލް 2015

ކުންފުނިތަކަށް އެންގުން

ޖަދުވަލު 1: ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް

ތިރީގައިވާ ތާވަލުގައިވާ 'ޕްރޮޕޮނެންޓް ސްޕެސިފިކޭޝަންސް" ބައި ފުރިހަމަ ކުރެއްވުމަށްފަހު ޕްރޮޕޯޒަލާއެކު ހުށަހެޅުއްވުން އެދެމެވެ.

Amount

Equipment

Required Technical Specification

Proponent’s Specification

2

High-Volume Air Sampler

Mass flow control or volumetric flow control system options

Inlet should be available for PM-2.5, PM-10, or TSP particulate measurements

High speed motor for continuous sampling (at least for 24 hours or 48 hours

Preferred: All-weather, outdoor shelter constructed of anodized aluminium

Filter materials: high-purity glass fiber, pure quartz or cellulose or whatman

 

1

Desiccator

Vacuum glass desiccator

Stopcock With PTFE Spindle, And Porcelain Plate

Material: silica gel 3-5 kg

 

1

Analytical Balance

Weighing capacity 520g

Readability 0.01 mg

Digital scale

 

2

Automatic Weather Station

Sensor parameters: barometric pressure, humidity, precipitation, temperature, and wind speed and direction

Data interface: SDI-12, RS-232, RS-485, RS-422, USB connection

Data Logger: Sensor compatible data logger which support up to 12 digital channels, GPRS support, SDI 12 interface, RS 232, RS 485

Enclosure materials: acid-proof steel (AISI316), painted white

Enclosure size: 600 (H) x 500 (W) x 200 (D) mm

Mast: Tiltable 2/3/10 m pole mast, 10 m mast with sensors 150 … 200 kg

Powering: 12 … 24 VDC recommended 30 VDC max)

Solar panel: 30W/2 x 30 W

Internal battery: up to 52 Ah/12 V

Battery regulator: charge/recharge control, temperature compensation, deep discharge protection

 

11 މާރިޗު 2015