ޢާންމު މަޢުލޫމާތު
ނަންބަރު: MTDC/AGM/2015/01
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:11
ސުންގަޑި: 02 އޭޕްރިލް 2015 15:00
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
އެމް.ޓީ.ޑީ.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ހިއްސާދާރުން ހޮއްވަވާ 5 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ދެވޭ ނޯޓިސް

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ހޮއްވަވާ 5 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ދެވޭ ނޯޓިސް

އެމްޓީޑީސީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އަދި ދިވެހިރާއްޖޭގެ ޕަބްލިކް ކުންފުނިތަކުން ޢަމަލުކުރުމަށް ސީ.އެމް.ޑީ.އޭއިން ކަނޑައަޅުއްވާފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑާ އެއްގޮތްވާގޮތުގެ މަތިން އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރެއްވުމަށްޓަކައި ކަނޑައެޅިފައިވާ 5 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުން ތަމްސީލުކުރެއްވުމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންނާނެއެވެ.

1. ދިވެހި ރައްޔިތެއް ކަމުގައިވުން.

2. 18 އަހަރު ފުރިފައިވުން.

3. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން އެގޮތުން:

   ހ. އެފަރާތުގެ އާއިލާގެ މީހަކު (ދަރިން/އަނބިން/ފިރިން) ވޭތުވެދިޔަ އަހަރު ކުންފުނީގައި ވަޒީފާ އަދާކޮށްފައިނުވާ ފަރާތަކަށްވުން.   

   ށ. އެފަރާތުގެ އާއިލާގެ މީހަކު (ދަރިން/އަނބިން/ފިރިން) އަމިއްލަ ހައިސިއްޔަތުން ނުވަތަ ހިއްސާ އެކުލެވޭ ކުންފުންޏެއް، އެމްޓީޑީސީއާއެކު ވޭތުވެދިޔަ އަހަރު ފާހަގަކުރެވޭވަރުގެ ބޮޑު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްކޮށްފައިނުވުން.

4. އެމްޓީޑީސީގެ 50 (ފަންސާސް) ހިއްސާ އޮތް ހިއްސާދާރެއްކަމުގައިވުން.

5. ތަޢުލީމީ އަދި ވިޔަފާރީ ނުވަތަ ފަތުރުވެރިކަމުގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާއާއި ޤާބިލުކަން ހުރި ފަރާތެއް ކަމުގައިވުން.

6. ކުންފުނީގެ މަސައްކަތަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން.

7. ލިސްޓުކުރެވިފައިވާ ދެ ބޯޑަށް ވުރެ ގިނަ ބޯޑުގައި ނުހިމެނޭ ފަރާތަކަށްވުން.

8. ފައިނޭންޝަލް ސްޓޭޓްމަންޓް ކިޔައި، ދޭހަވުމުގެ ޤާބިލުކަންހުރި ފަރާތަކަށްވުން.

9. ފާއިތުވި 5 އަހަރުގެ ތެރޭގައި ބޭންކްރަޕްޓްވެފައި، ދަރަނިވެރިވެފައި، ޤާނޫނާއި ޚިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދައުވާއެއް މިހާރު ރައްދުވާ ފަރާތެއްކަމުގައި ނުވުން.

ވީމާ، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 3:00 ގެ ކުރިން " އެމްޓީޑީސީ ޕލކ ގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު " ފުރުއްވުމަށް ފަހު ސިޓީ އުރައިގައި ބޭރުގައި " އެމްޓީޑީސީ ގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި" މިހެން ޖެއްސެވުމަށް ފަހު އެމްޓީޑީސީގެ މައި އޮފީހަށް ފޮނުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވުނު ސުންގަޑީގެ ފަހުން ފޮނުއްވާ ފޯމުތައް މިކުންފުނިން ބަލައިނުގަންނަވާނެ ވާހަކަ ދަންނަވަމެވެ.

ޑިރެކްޓަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުކަމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކޯޕަރޭޓް ގަވަރނަންސް ކޯޑާ އެއްގޮތްވާގޮތުގެ މަތީން އެމްޓީޑީސީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީން ހޮއްވެވުމަށްފަހު، އެ ފަރާތްތަކުގެ މަޢުލޫމާތު މި އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިޢުލާންކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެފަރާތްތަކުގެ ނަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާ އޭގެތެރެއިން ހިއްސާދާރުންނަށް ފެނިވަޑައިގަންނަވާ ފަސް ބޭފުޅުން، ޑިރެކްޓަރުންގެ ގޮތުގައި ހޮއްވެވުމަށްޓަކައި، ހިއްސާދާރުން ވޯޓު ލެއްވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

" އެމްޓީޑީސީ ޕލކ ގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމު" މި ކުންފުނީގެ މައި އޮފީހުން ރަސްމީ ގަޑިތަކުގައި ލިބިވަޑާއިގަންނަވަން ހުންނާނެއެވެ. އަދި މިފޯމު މިކުންފުނީގެ ވެބްސައިޓް www.mtdc.com.mv އިން ޑައުންލޯޑް ކުރެއްވެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015