ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)406-esms-a/INDIV/2023/70
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 29 ނޮވެންބަރު 2023 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

 

                 މިއިދާރާއިން ހިންގަމުންގެންދާ ޕްރީ ސްކޫލްގައި މަސައްކަތްކުރާނެ މަސައްކަތު މީހަކު ބޭނުންވެއްޖެއެވެ.

 

  • މަޤާމުގެމުސާރަ: މަހަކު 2883.00ރުފިޔާ
  • އެލަވެންސް : މަހަކު 1000.00ރުފިޔާ
  • ސަޕޯޓިންގކޯއެލެވެންސް:1200.00
  • މިނިމަމްވޭޖް އެލެވެންސް:1917.00
  • ރަމަޟާންމަހުގެ ޙާއްޞަ ޢިނާޔަތުގެފައިސާ : 3000.00 ރުފިޔާ
  • ޝަރުޠް : ދިވެހިބަހުން ލިޔަންކިޔަން އެގުން، ގިނަވަޤުތު މަސައްކަތް ކުރެވޭނެފަދަ ޞިއްޙަތެއްގައި ހުރުން، ކުޑަކުދިންނަށް ދިމާވާ ކަންތައްތައް ޙައްލުކުރުމެގެ ތަޖުރިބާ ހުރުން.
  • ކުރަންޖެހޭ މަސައްކަތްތައް:

-         ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ޢިމާރާތުގެ ގޯތިތެރެއާއި މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

-         ކޮންމެދުވަހަކު މަދުވެގެން 1 ފަހަރު ޢިމާރާތުގެ އެތެރެ ސާފުކޮށް މޮޕްޖަހައި ބެލެހެއްޓުން.

-         ހަފުތާއަކު 2 ދުވަހު ޢިމާރާތުގެ ދޮރާއި ދޮރުފަތްތައް ފޮޅައި ސާފުކުރުން.

-         ކޮންމެދުވަހަކު ބިއްލޫރިތައް ސާފުކުރުން.

-         ކޮންމެ ދުވަހަކު ދެފަހަރު ފާޙާނާ ސާފުކުރުން.

-         ޕްރީ ސްކޫލަގައި ކިޔަވައިދޭ ގަޑިތަކުގައި ޓިޗަރުންގެ ލަފާގެމަތިން ކުދިން ބެލެހެއްޓުމާއި ކުދިންނަށް އެހީތެރުވަމުންދިއުން.

-         ކޮންމެ ދުވަހަކު ކިޔަވާ ގަޑިތައް ނިމުމުން ކްލާސްތައް ސާފުކުރުމަށްފަހު ކްލާސްތަކާއި ޢިމާރާތް ބަންދުކުރުން.

  • ހުށައަޅަންޖެހޭ ލިޔުންތައް: ވަޒީފާއަށްއެދި ފޮނުވާ ސިޓިއާއި، އައި.ޑީ.ކާޑިގެ ކޮޕީ، އަދި ތަޢުލީމީގޮތުން ލިބިފައިވާ ލިޔުންތައް.
  • ސިޓީ ފޮނުވުމުގެ މުއްދަތާއި ތަން: 29 ނޮވެންބަރ 2023 ވާ ބުދަ ދުވަހު 13.00 ގެ ކުރިން ކޮލަމާފުށީ ކައުންސިލްގެ އިދާރާއަށެވެ.
  • އިންޓަރވިއުއޮންނާނެތަނާއި ތަރީޙް: 30ނޮވެންބަރ ވާ ބުރާސްފަތި 2023 ވަނަ ދުވަހު މެންދުރު 11:00 ގައި ކޮލަމާފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި.

 

          ވީމާ، މި މަޤާމުގައި މަސައްކަތްކުރުމުގެ ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި މިއިދާރާއަށް ސިޓީ ފޮނުވަމުންގެންގެވުން އެދެމެވެ.

                

                08 ޖުމާދުލްޢޫލާ 1445

                22 ނޮވެންބަރ 2023

                

 

21 ނޮވެންބަރު 2023