މަސައްކަތް
ނަންބަރު: (IUL)309-ESM/309/2023/188
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:34
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގައި ކުނިއަންދާ އަށްޓާއި އަދި ދުންހޮޅި ހެދުން

  1. ރ.އިނގުރައިދޫ ކުނިކޮށީގައި ކުނިއަންދާ އަށްޓާއި އަދި ދުންހޮޅި ހެދުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ 10:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  3. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 07 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:15ގެ އިނގުރައިދޫ ކައުންސިލް އިދާރާގައެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 12 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

21 ނޮވެންބަރު 2023