ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2015/11
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:27
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ ޖެނުއަރީގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރުން

2015 ވަނަ އަހަރުގެ ޖެނުއަރީގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރުން

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ 2015 މާރިޗު 16 ވަނަ ދުވަހުން ފެށިގެން 2015 އެޕްރީލް 01 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 14:30 އަށެވެ.

މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ނަންގަވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ ކާޑު ގެންނެވުން އެދެމެވެ. ސެންޓަރުތަކުގެ ނަތީޖާ ނަންގަވަން ވަޑައިގަންނަވާ ބޭފުޅެއްނަމަ، ސެންޓަރުގެ ލިޔުމަކާއި އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. 

އަދި ދަންނަވަމަވެ. ނަތީޖާ ރީޗެކުކުރުމަށް ބޭނުންވާ ކެންޑިޑޭޓުން 2015 އެޕްރީލް 01 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަން ލިއުމަކުން މި ޑިޕާޓްމަންޓަށް އެންގެވުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އެސެންޓަރަކަށެވެ. ރީޗެކް ފީ ޝީޓު މި ޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. ފީ ޝީޓު މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015