މަސައްކަތް
ނަންބަރު: (IUL)KRH-PLD/2023/150
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި:
30 ނޮވެންބަރު 2023 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ އަދި އުފަންހިޔާ ކުނިކަހައި ފޮޅައި ސާފު ކުރުމުގެ މަސައްކަތް
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ އަދި އުފަންހިޔާ ކުނިކަހައި ފޮޅައި ސާފު ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މި އިޢުލާނާ ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު އަދި ބީއޯކިޔު ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އީ-މެއިލްގެ ޒަރިއްޔާއިން ހިއްސާ ކުރެވޭނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://tinyurl.com/5n8ehk7j މެދުވެރިކޮށް، 21 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުން ފެށިގެން 30 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ގެޒެޓް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި މި މައުލޫމާތު ކަރުދާހާއި އެއްކަރުދާސް ކުރެވިފައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ އިޢުލާން ކުރެވިފައިވާ ތާރީޚުން ފެށިގެން 3 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ފޮނުއްވާ ދެއްވުންއެދެމެވެ.
- މި ބީލަމުގައި ރަޖިސްޓަރ ވުމުން ފޮނުވޭ މަސައްކަތުގެ ތަފްޞީލް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން
- ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 5 ޑިސެންބަރު 2023 (އަންގާރަ)
- ގަޑި: 11:00 ގައި
21 ނޮވެންބަރު 2023