މަސައްކަތް
ނަންބަރު: (IUL)138-AS6/1/2015/65
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި:
19 މާރިޗު 2015 11:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެލާނާގޭގެ ޕާކިން ޒޯންގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް.
ވެލާނާގޭގެ ޕާކިން ޒޯންގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާ ބެހޭ
ވެލާނާގޭގެ ޕާކިން ޒޯންގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 26 ފެބުރުވަރީ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/56) އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗު 2015 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރިޗު 2015 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
20 ޖުމާދަލްއޫލާ 1436
11 މާރިޗު 2015