ނީލަން
ނަންބަރު: (IUL)230-AHI/230/2023/56
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:15
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ " މާފަރު " ލޯންޗާއި، މާފަރު ލޯންޗުން ކުރިން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯ ސްޓްރޯކް 02 އިންޖީނު ސިޓީ ލާ ނީލަމުގައި ވިއްކާލުން

            މިއިދާރާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ " މާފަރު " ލޯންޗާއި، މާފަރު ލޯންޗުން ކުރިން ނަގާފައިވާ ޔަމަހާ ފޯ ސްޓްރޯކް 200 ހޯސްޕަވަރގެ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް މިއިދާރާގެ ފަރާތުން 01 ނޮވެންބަރު 2023 ގައި ޢާއްމުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްކޮށްފައިވާ ނަންބަރު: (IUL)230-AHI/230/2023/49އިޢްލާންގައި ސިޓީލާ ނީލަން ނިންމޭނެ މުއްދަތެއްގެ ގޮތުގައި ބަޔާން ކުރެވިފައިވާ ދުވަހުގެ ޢަދަދާއި ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ގޮތުގައި، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ގެޒެޓް ކުރައްވާފައިވާ އުޞޫލުގައި ބަޔާން ކުރައްވާފައިވާ ދުވަހުގެ ޢަދަދުގައި ފުށުއެރުންތަކެއް އުޅޭކަމަށް ފާހަގަ ކުރެވިފައިވާތީ އެއިޢްލާން މިއަދު ބާތިލް ކޮށްފީމެވެ.

            ވީމާ، މިއިދާރާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ " މާފަރު " ލޯންޗާއި، މާފަރު ލޯންޗުން ކުރިން ނަގާފައިވާ ޔަމަހާ ފޯ ސްޓްރޯކް 200 ހޯސްޕަވަރގެ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަމަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ. މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 22 ނޮވެމްބަރ 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރުފަހު 12:00 ގެ ކުރިން ލޯންޗާއި، 02 އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅުއްވާއިރު، ލޯންޗާއި، ލޯންޗުން ކުރިން ނަގާފައިވާ 02 އިންޖީނުގެ އަގު ހަށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކުރެއްވުމަށްފަހު ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " މާފަރު ލޯންޗާއި،މާފަރު ލޯންޗުން ކުރިން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯ ސްޓްރޯކް  02 އިންޖީނާއެކު ނީލަމުގައި ބައިވެރިވުމަށް"މިހެން ލިޔަންވާނެއެވެ. ނީލަން ހުށަހަޅާފޯމު މިއިދާރާގެ ކައުންޓަރުން އަދި [email protected] މެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މިއިޢްލާނާއި ގުޅިގެން، ރަސްމީ ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާ ހަމައަށް ހުށަހެޅޭ އެންމެމަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެމަތީ އަގު 48 (ސާޅީސް އަށެއް) ގަޑި އިރުވަންދެން އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާ، އެކަން ޢާއްމު ކުރެވޭނެއެވެ. މިގޮތުން ނީލަމަށް ހުށަހެޅޭ އެންމެ މަތީ އަގު 48 (ސާޅީސް އަށެއް) ގަޑިއިރުކަމަށް ބަލައި ނީލަން ނިންމާނީ، ނީލަމުގެ އަގު ބަޔާންކޮށް ހުށަހަޅާ ފޯމުގައި ބަޔާން ކޮށްފައިވާ ތާރީޚާއި ގަޑިން ފެށިގެންނެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ހަވާލުކުރާތާ ، ރަސްމީ 5 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަވައި އެތަކެތި ގެންދަވަންވާނެއެވެ. ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި މަޤުބޫލު އުޒުރެއްނެތި ފައިސާ ނުދައްކަފިނަމަ ނީލަން ބާޠިލްކުރުމާއިއެކު އިދާރީގޮތުން ފިޔަވަޅު އެޅޭނެއެވެ. 

ނީލަން ފެށޭއަގު: 500,000.00 (ފަސްލައްކަ ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު:  ފަހަރަކު 5000.00 ( ފަސްހާސް ރުފިޔާ )

        ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލޯންޗް އަދި އިންޖީނު ބަލާލުމުގެ އިންތިޒާމް 2023 ނޮވެމްބަރ 22 ވަނަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08.00 ން މެންދުރުފަހު 12:00 އަށް މިއިދާރާގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

        ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                       07  ޖުމާދަލް އޫލާ    1445

21 ނޮވެންބަރު 2023