ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/117
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 25 ނޮވެންބަރު 2023 18:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯހާއި ގުޅޭ

ނ. ކެނދިކުޅުދޫ އ.ތ.މ ކޮމިޓީގެ ފަރާތުން ކަނބަލުންނަށް ޚާއްޞަކޮށްގެން ކެއްކުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ކުރެވުނު ނަންބަރު: (IUL)286-CB/286/2023/113 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. މިޕްރޮގްރާމުގައި ބައިވެރިވުމަށް އެކަށީގެންވާ މިންވަރަށް ބައިވެރިންގެ އަދަދު ހަމަނުވާތީ މިފުރުޞަތު އަލުން ހުޅުވާލަމެވެ. މިޕްރޮގްރާމުގައި ބައިވެރިންނަށް ތަމްރީން ދިނުމަށް ހަމަޖެހިފަވަނީ ކެއްކުމުގެ ދާއިރާއިން ފުންނާބު އުސް އަދި ދާއިރާގެ ތަޖުރިބާކާރު ޖުވައިރިޔާ ވަޖުދީއެވެ. އަދި މިޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ކޯހުގެ ދިގުމިނަކީ 15 ގަޑިއިރެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް 25 ނޮވެންބަރު 2023 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން ރަޖިސްޓްރީވުމަށް ދަންނަވަމެވެ. އަދި ރަސްމީ ގަޑީގައި އޮފީހުގެ ކައުންޓަރަށް ވަޑައިގެންވެސް ރަޖިސްޓްރޭޝަން ފުރިހަމަކުރެވޭނެއެވެ. މިޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ސެޝަނެއް، ރަޖިސްޓްރީވާ ފަރާތްތަކާއެކު ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަމެވެ. ޕްރޮގްރާމުގެ އިތުރު މަޢުލޫމާތު ހޯދުމަށް އ.ތ.މ ކޮމިޓީގެ ނައިބު ރައީސް (9661385) އަށް ގުޅުއްވުމަށް ދަންނަވަމެވެ.

ލިންކު: https://forms.office.com/r/5BAyXUnL32

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.   

21  ނޮވެންބަރު  2023

06  ޖުމާދަލްޢޫލާ  1445

21 ނޮވެންބަރު 2023