ކުއްޔަށް ދިނުން
ނަންބަރު: GS69/BUDGET/2023/008
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 28 ނޮވެންބަރު 2023 13:00
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ އައުޓް ސޯސްކުރުމާއިބެހޭ

 

2024 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ އައުޓް ސޯސްކުރުމާއިބެހޭ

 01 ޖެނުއަރީ 2024 ން 31 ޑިސެމްބަރ 2024 ށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023  ނޮވެންބަރު 21 އިން  2032 ނޮވެންބަރު 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ސްކޫލު މެއިލް [email protected]  އަށް މެއިލް ކުރައްވައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.ނަންނޯޓް ކުރެއްވުމަށް ވިޔަފާރި ރެޖިސްޓްރީ ނަންބަރު އަދި ކުރިމަތިލާފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ބޭނުންވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެންބަރު 28 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2023  ނޮވެންބަރު 28 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އޮފީހުގައި އޮންނާނެއެވެ
  5. .ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022  ޑިސެންބަރު 05 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އޮފީހުގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  8. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

 

21 ނޮވެންބަރު 2023