ދިވެހިރާއްޖެ
އިޢުލާން
ވޯޓަރ ސްޕޯރޓްސް މަސައްކަތްތަކަށް ދޫކުރާ ވަޤުތީ 4 ބިން ކުއްޔަށް ދިނުމާއި ގުޅޭ
ވޯޓަރ ސްޕޯރޓްސް މަސައްކަތްތަކަށްއައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 4 ބިން ކުއްޔަށް ހިފުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިންތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް (ބިޑްގަތުމަށް އެދޭ ފޯމް ގައި ބަޔާންކޮށްފައިވާ) ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
| ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު | މި އުސޫލުގެ ދަށުން ކައުންސިލުން ކުއްޔަށް ދޫކުރާ ބިންތައް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފަރާތަކީ ހިންމަފުށިރަށްވެއްސެއް ނުވަތަ ހިންމަފުށި ރައްޔިތެއްގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް ކަމުގައި ވުން | ||
| ތަފްޞީލް | މުއްދަތު | ގަޑި | ތަން | 
| ކުލީބިމަށް އެދޭ ފޯމް ވިއްކުން (ކުލީބިމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 200.00 ރުފިޔާއަށް ) | 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުން ފެށިގެން 12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހަށް | ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00 | ހިންމަފުށީ ކައުންސިލްގެ އިދާރާއިން | 
| މަޢުލޫމާތު ދިނުން | 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހު | މެންދުރު 13:30 | ހިންމަފުށީ ކައުންސިލްގެ އިދާރާ | 
| ބިޑު ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން ) | 28 ޑިސެމްބަރ 2023 ވާ ބުރާސްފަތި | މެންދުރު 13:00 | ހިންމަފުށީ ކައުންސިލްގެ އިދާރާ | 
ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.