ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2015/56
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:16
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރ.އަލިފުށީ ކައުންސިލްގެ ބައި-އިލެކްޝަން

ރ. އަލިފުށީ ކައުންސިލްގެ ބައި-އިލެކްޝަން

2015 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރ. އަލިފުށީ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް، ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ރ. އަލިފުށި

އަލިފުށީ ސްކޫލް ހޯލުގެ އުތުރު ފަރާތުގައި

މި ފޮށްޓަށް ވޯޓުލާނީ އަލިފުށީ ޣާޒީމަގުން ހުޅަނގަށް ގޮސް ކޮއިގޯތިމަގުން އިރަށް ގޮސް އަމީނީމަގުގެ އުތުރު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނެވެ.

ރ. އަލިފުށި -1

E01.01.1

1

ރ. އަލިފުށި

އަލިފުށީ ސްކޫލްގެ މެދު ހޯލުގައި

މި ފޮށްޓަށް ވޯޓުލާނީ އަލިފުށީ ކޮއިގޯތިމަގުން އުތުރަށް ގޮސް އަމީނީމަގުން ހުޅަނގަށް ގޮސް ޣާޒީމަގުގެ ހުޅަނގު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނެވެ.

ރ. އަލިފުށި -2

E01.01.2

2

ރ. އަލިފުށި

އަލިފުށީ ސްކޫލްގައިވާ ސުނާމީ ކުލާހުގައި

މި ފޮށްޓަށް ވޯޓުލާނީ އަލިފުށި ޣާޒީމަގުގެ ދެކުނު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރިގައިވާ ރައްޔިތުންނާއި އަލިފުށީގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ރ. އަލިފުށި -3

E01.01.3

3

ހިރިޔާ ސްކޫލް ހޯލުގައި

މި ފޮށްޓަށް ވޯޓުލާނީ ރ. އަލިފުށީ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ރ. އަލިފުށި މާލެ -1

E01.0.1

4

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރަމެވެ.

17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015