ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2015/4
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:15
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހާޒިރުވުމުގެ ނޯޓިސް

އިޢުލާން

މި މިނިސްޓްރީއާއި ހ.މާވަޑިއާގެ، އަލްފާޟިލާ ޒޫނާ އިބްރާހީމާ ދެމެދު 04 އޯގަސްޓު 2005 ގައި ވެފައިވާ ނަންބަރު K-1/2005 (މ.އުތުރުގަސްވެލި (ވެރިނެތްބެ) ކުއްޔަށް ދިނުމާބެހޭ އެގްރީމެންޓް) ގެ ދަށުން ކުއްޔަށް ހިފާފައިވާ ފަރާތް (ހ. މާވަޑިއާގެ، ޒޫނާ އިބްރާހީމް) އަށް މި މިނިސްޓްރީން ރައްދުކުރާ އެއްވެސް ނޯޓިސްއެއް 21 ސެޕްޓެންބަރު 2010 ން ފެށިގެން އެގްރީމެންޓްގައި ކުއްޔަށް ހިފާފައިވާ ފަރާތުން ދީފައިވާ އެޑްރެހަށް ރައްދުވެފައި ނުވެއެވެ. ވުމާއެކު އެގްރީމެންޓްގެ ދަށުން މި މިނިސްޓްރީން ކުރަންޖެހޭ މުޢާމަލާތުތައް ކުރުމަށް ދަތިތަކާ ކުރިމަތިވަމުން ދެއެވެ. ވީމާ، މި އިޢުލާނު އާންމުކޮށް އިޢުލާނު ކުރާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ހ. މާވަޑިއާގެ، ޒޫނާ އިބްރާހީމް މި މިނިސްޓްރީއަށް ހާޒިރުވުމަށް ނުވަތަ މި މިނިސްޓްރީން ފޮނުވާ ނޯޓިސް ފޮނުވަންވީ އެޑްރެހެއް ނުވަތަ އެފަރާތުން މި މިނިސްޓްރީއާއެކު ވެފައިވާ އެގްރީމެންޓްގެ ދަށުން މި މިނިސްޓްރީއިން މުޢާމަލާތު ކުރާނެ ފަރާތެއް އަންގަވައިދެއްވުން އެދެމެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015