ބީލަން
ނަންބަރު: FSM-ADV/2023/066
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 22:24
ސުންގަޑި:
27 ނޮވެންބަރު 2023 11:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ މައުލޫމާތާއި އެއްގޮތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރުމާއި، ކޮންފިގަރ ކުރުމާއި އަދި އިންޕްލިމެންޓްކޮށް 5 އަހަރު ދުވަހުގެ މުއްދަތަށް މެއިންޓެނެންސް އަދި ސަޕޯރޓް ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 27 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އީމެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
- ބީލަމަށް ނަން ހުށަހަޅުއްވާ ފަރާތް
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާ ފަރާތް ތަމްސީލުކުރައްވާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރު ނުވަތަ ރިފަރެންސް އަދި ބީލަމުގެ ނަން
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- ބީލަން ހުށަހެޅުއްވުމާއި ހުޅުވުން: ބީލަން ހުށަހެޅުއްވުމާއި ހުޅުވުން އޮންނާނީ 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ތިރީގައިވާ އެޑުރެހުގައެވެ.
6 ވަނަ ފަންގިފިލާ ،
އެފް.އެސް.އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
20 ނޮވެންބަރު 2023