މަސައްކަތް
ނަންބަރު: (IUL)220-AS/1/2015/28
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:09
ސުންގަޑި: 29 މާރިޗު 2015 16:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރޭނިންގ ހޯލު މަރާމާތުކޮށް، ރިނޮވޭޓް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ގޯތިތެރޭގައި ޤާއިމުކޮށްފައިވާ މި އޮތޯރިޓީގެ ޓްރޭނިންގ ހޯލު މަރާމާތުކޮށް، ރިނޮވޭޓް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް 11 ފެބުރުވަރީ 2015 ގައި ކުރި ނަންބަރު IUL)220-AS/1/2015/21) އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯޒަލްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޮތޯރިޓީއަށް (ދެވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

19 މާރިޗު 2015

ބުރާސްފަތި

16:00

އަންދާސީހިސާބު ހުށަހެޅުން

29 މާރިޗު 2015

އާދީއްތަ

16:00

 

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ.

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015