ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2023/318
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 23 ނޮވެންބަރު 2023 22:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 ނޮވެންބަރު 21، 22، އަދި 23 މި 3 ދުވަހު ކ.ގިރިފުށީގައި އެމް.އެން.ޑީ.އެފްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާއިގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ނޮވެންބަރު 21، 22 އަދި 23، މި  3 ދުވަހުގެ 18:30 އިން 22:00 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 3000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

20 ނޮވެންބަރު 2023