ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2023/285
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 03 ޑިސެންބަރު 2023 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ 2023 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާއަށް ބުކް ކްލޯޒް ކުރާ ތާރީޚް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި 2022 ވަނަ އަހަރަށް ޙިއްޞާގެ ފައިދާގެ ގޮތުގައި ދޭނެ ޢަދަދެއް ޖަލްސާގައި ބައިވެރިވި ޙިއްޞާދާރުންގެ އަޢުލަބިއްޔަތުން ފާސްނުވުމުން، މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާއެއް މެދުވެރިކޮށް 2022 ވަނަ އަހަރަށް ޙިއްސާގެ ފައިދާގެ ގޮތުގައި ދޭނެ ޢަދަދެއް ފާސްކުރުމަށް ހުޅުވާލުމަށް ނިންމަވާފައެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި ބައިވެރިވެވޭނީ، އަދި 2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބިވަޑައިގަންނަވާނީ 03 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި ކުންފުނީގެ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި އިޢުލާންކުރަމެވެ.  

20 ނޮވެންބަރު 2023