ދިވެހިރާއްޖެ
- މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސައުންޑް ސިސްޓަމްއެއް ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބިޑް ހުށައަޅުއްވަންވާނީ އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ބީލަންފޮތުގައިވާ މަޢުލޫމާތު ރަގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުމެއް އަރާކަމެއްވާނަމަ ސާފުކުރުމަށް ފަހުގައެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 21 ނޮވެމްބަރ 2023 އިން 29 ނޮވެމްބަރ 2023 ގެ ނިޔަލަށް ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރައްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ކުންފުނީގެ ނަން:
ފޯންނަންބަރު :
އީމެއިލް އެޑްރެސް :
މަސްޢޫލުވެރިފަރާތް :
ރަޖިސްޓްރީ ކުރުމަށް އީމެއިލް ކުރައްވާނީ:[email protected]
4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 04 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގައިއައްޑޫ ހައި ސްކޫލް ގައެވެ.
6. މިމަސައްކަތާއި ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
7. މިމަސައްކަތާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
އައްޑޫ ހައި ސްކޫލް
ހިތަދޫ،އައްޑޫ
ފޯން: 6885796
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
06 ޖުމާދަލްއޫލާ 1445
20 ނޮވެމްބަރ 2023