ދިވެހިރާއްޖެ
މ.އަތޮޅު މަދަރުސާ
މ.ކޮޅުފުށި، ދިވެހިރާއްޖެ
މ.އަތޮޅު މަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.
c
މ.އަތޮޅު މަދަރުސާ
މ.ކޮޅުފުށި، ދިވެހިރާއްޖެ
GS25/IUL/2023/14 : ނަމްބަރ
އިޢުލާން
މ.އަތޮޅު މަދަރުސާގެ ސެކިޔުރިޓީ ކޮންޓްރެކްޓް އުޞޫލުން ( 2024 ޖަނަވަރީ 01 ން 2024 ޑިސެމްބަރ 31 އަށް ) ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ .
ވީމާ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ނޮވެމްބަރ 27 ވާ ހޯމަ ދުވަހު 11:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 ނޮވެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއެކު ކުންފުނި/ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފޮނުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
20 ނޮވެމްބަރ 2023