ދިވެހިރާއްޖެ
ރަށުގެ ލޭޑް ޔޫސް ޕްލޭންގެ ޕްލޮޓް ނަންބަރު 22 ގައިވާ (ކުރީގެ ސްކޫލްގެ ލައިބްރަރީ) އިމާރާތް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. މި އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުން ކުރިއަށް ދާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
|
ތާރީޚް |
ގަޑި |
ދުވަސް |
ތަން |
މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ) |
28 ނޮވެންބަރު 2023 |
13:00 |
އަންގާރަ |
ކައުންސިލްގެ އިދާރާ |
ޕްރޮޕޯސަލް ހުށަހެޅުން |
07 ޑިސެމްބަރ 2023 |
13:00 |
ބުރާސްފަތި |
ކައުންސިލްގެ އިދާރާ |
މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވަނީ އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ހުށަހެޅޭ ޕްރޮޕޯސަލް ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.