ޢާންމު މަޢުލޫމާތު
ނަންބަރު: GS71-D/IUL/2023/15
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 22:28
ސުންގަޑި:
30 ނޮވެންބަރު 2023 00:00
މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ފ.މަގޫދޫ ސްކޫލްގެ ސެކިޔުރިޓީ އައުޓްސޯސް ކުރުން
`
ފ. މަގޫދޫ ސްކޫލް |
|
|
މާލެ، |
|
|
ދިވެހިރާއްޖެ. |
|
އިޢުލާން ނަންބަރ:GS71-D/IUL/2023/15
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 01 ޖަނަވަރީ 2024 އިން ފެށިގެން 31 ޑިސެމްބަރ 2024ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ނޮވެމްބަރ 20 އިން 2023 ނޮވެމްބަރ 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެމްބަރ 26 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ނޮވެމްބަރ 26 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2023 ނޮވެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިދާރީ ސެކްޝަން
ފ.މަގޫދޫ ސްކޫލް
ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.
ފޯން: 6740591 / 7460951
އީ-މެއިލް: [email protected]
05 ޖުމާދަލްއުލާ 1445 ހ.
19 ނޮވެމްބަރ 2023 މ.
19 ނޮވެންބަރު 2023