މަސައްކަތް
ނަންބަރު: ( IUL)472 /472/2023/63
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 29 ނޮވެންބަރު 2023 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ޑްރައިވިންގ ޕަރމިޓް ދޫކުރުމަށްޓަކައި ސިލަބަސްއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

          އިންޓަރނޭޝަނަލް ޑްރައިވިންގ ޕަރމިޓް ދޫކުރުމަށްޓަކައި ސިލަބަސްއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަމްބަރު IUL)472 /472/2023/60 ) ޢިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން އިޢުލާން ކުރުމަށް ނިންމީމެވެ.

        ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 29 ނޮވެމްބަރު 2023 ވާ ބުދަ ދުވަހުގެ 11:00 އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

        އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ނޮވެންބަރު 2023