ދިވެހިރާއްޖެ
މިއޮފީހުގައި ބޭނުންކޮށްފައިވާ ވެހިކަލް ނީލަން ކިޔުމަށް ކުރިން ބޭއްވި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން 24 ގަޑި އިރު ތެރޭފައިސާ ދައްކާފައިނުވާތީ، އަލުން ނީލަން ކިޔުން 30 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހުޅުމާލެ ކަސްޓަމްސް ބޮންޑެޑް ވެއަރ ހައުސް ގައި އޮންނާނެވެ. އަދި ނީލަންކިޔުމަށް ހަމަޖެހިފައިވާ ވެހިކަލްގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.
ނީލަން ކާމިޔާބުކުރާ ފަރާތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 30 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ހުޅުމާލެ ކަސްޓަމްސް ބޮންޑެޑް ވެއަރ ހައުސް އަށް ހާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.