ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)231-AH/231/2023/86
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 23 ނޮވެންބަރު 2023 14:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 30 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 30 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 30 ވަނަ ޤުރްޢާން މުބާރާތުގައި ބައިވެރިވުމާއި ނަން ހުށަހެޅުމުގެ މުއްދަތު 23 ނޮވެމްބަރ 2023 ގެ 14:00 އަށް އިތުރުކުރީމެވެ. މި މުބާރާތް ހުޅުވާލެވިފައިވަނީ ޅ.އަތޮޅު ސުކޫލް/މަދުރަސާތަކަށާއި، މުއައްސަސާތަކަށާއި (ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކުލާސްތައް އަދި ކްލަބް ޖަމްޢިއްޔާތައް) އަދި ޙާފިޡުންނަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، 2023 ޑިސެމްބަރ 14،15،16 މިދުވަސްތަކުގައި ޅ.ކުރެންދޫގައެވެ.

މުއައްސަސާތަކުން ބައިވެރިވާ ސްކޫލް ކުދިންނަށް އެކުދިން ބޭނުންވާނަމަ ސްކޫލްތަކުގެ މުޤައްރަރު ނުވަތަ މުއައްސަސާތަކުގެ މުޤައްރަރަށްވެސް ކިޔެވޭ ގޮތަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 30 ވަނަ ޤުރްއާން މުބާރާތުގެ ޤަވާޢިދަށް ވަނީ ބަދަލުގެނެވިފައެވެ.

އެޕްލިކޭޝަން ހުށަހެޅުން:

  • މުބާރާތުގެ ޤަވާއިދު އަދި އެޕްލިކޭޝަން ފޯމް މިއިދާރާގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • އެޕްލިކޭޝަންތައް، ހާރޑް ކޮޕީ ފޯރމެޓްގައި ހުށަހަޅުއްވާނީ، މިއިދާރާގެ ރިސެޕްޝަނަށެވެ.
  • އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައި [email protected] އަށް ކޮޕީ ކުރެއްވުން އެދެމެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620331 އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

19 ނޮވެންބަރު 2023