ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2023/149
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:08
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫގުއި ބޭނުންކުރަމުންދާ ކަނޑު އުޅަނދުފަހަރުތައް މަރާމާތު ކުރުމަށް އޮޑިވަޅުގެ ދޫކުރުމުގެ އުޞޫލު

ތިނަދޫގުއި ބޭނުންކުރަމުންދާ ކަނޑު އުޅަނދުފަހަރުތައް މަރާމާތު ކުރުމަށް އޮޑިވަޅުގެ ދޫކުރުމުގެ އުޞޫލު


ތަޢާރަފް: މި އުޞޫލަކީ ތިނަދޫ ކައުންސިލްގެ އޮޑިހަރުގެއާ ބެހާ ގަވާއިދުގެ ދަރުން ތިނަދޫގައ ދުއްވާ އުޅަނދުފަހަރުތައް މަރާމާތު
ކުރުމަށް އޮޑިވަޅުގެ ދޫކުރުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ. މި އުޞޫލުގެ ދަށުން ބިން ދޫކުރާ ޞަރަޙައްދުގެ ޗާޓެއް މި އުޞޫލާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  1. މި އުޞޫލުގެ ދަށުން މިހާރު އެސަރަޙައްދުގައި މަރާމާތު ކުރުމަށް އެހެލާފައިވާ އުޅަނދުފަހަރުތަކުން ކައުންސިލުގައި

ރަޖިސްޓްރީކޮށް ބިމުގެ އެގްރިމެންޓެއް ހަދަންޖެހޭނެއެވެ. އަދި ހުއްދަ ނުނަގައި މަސައްކަތް ކުރާފަރާތްތަކަށް މި އުޞޫލުގެ 8  އަދި 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

  1. ތިނަދޫން އޮޑިދޯނި ފަހަރު އެހެލުމަށް ދޫކުރާ ސަރަޙައްދުން އޮޑިވަޅުގެ ދޫކުރެވޭނީ އެކަމަށް އެދި ކައުންސިލަށް ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
  2. އެގޮތުން މަރާމާތުކުރުމަށް ހުއްދަދެވޭނެ އުޅަނދުފަހަރަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ހުއްދައާ އެއްގޮތަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރަކަށް ވާންޖެހޭނެއެވެ.
  3. އޮޑިވަޅުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގެ ޞަރަޙައްދުން ބޭރުގައި މަރާމާތު ކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް
    ބެހެއްޓުމަކީ މަނާކަމެކެވެ.
  4. އޮޑިވަޅުގައި ކުރާ މަސައްކަތުން އުފެދޭ ކުނިތައް ސާފުކުރުމާއި ގަވާއިދާ އެއްގޮތަށް އެކުނި ނައްތާލުމަކީ އެ އޮޑިވަޅުގެ
    ކުއްޔަށް ނަގާފަރާތުގެ ޒިންމާއެކެވެ.
  5. އޮޑިވަޅުގެ ބެހެއްޓުމަށް ބިން ދޫކުރެވޭނެ ކެޓަގަރީތައް


       1. ފުރަތަމަ ކެޓަގަރީ 20’ x 15’ ފޫޓްގެ 4 އޮޑިވަޅުގެ ( ގިނަވެގެން ދޫކުރެވޭނީ 3 މަސް ދުވަހަށް )
       2. ދެވަނަ ކެޓަގަރީ 30’ x 15’ ފޫޓްގެ 2 އޮޑިވަޅުގެ ( ގިނަވެގެން ދޫކުރެވޭނީ 4 މަސް ދުވަހަށް )

                   3. ތިންވަނަ ކެޓަގަރީ 50’ x 30’ ފޫޓްގެ 2 އޮޑިވަޅުގެ ( ގިނަވެގެން ދޫކުރެވޭނީ 5 މަސް ދުވަހަށް )

             4. ހަތަރުވަނަ ކެޓަގަރީ 100’ x 50’ ފޫޓްގެ 2 އޮޑިވަޅުގެ ( ގިނަވެގެން ދޫކުރެވޭނީ 6 މަސް ދުވަހަށް )

  1. އޮޑިވަޅުގެ ބެހެއްޓުމަށް ދޫކުރާ ސަރަޙައްދުގައި އޮޑިވަޅުގެ އަގަކީ އަކަފޫޓަކަށް 1/- (އެއް ރުފިޔާ) އެވެ. އެގޮތުން ކޮންމެ މަހެއްގެ ވެސް 10 ވަނަ ދުވަހުގެ ކުރިން ބިމުގެ ކުލި ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ. އަދި ދިހަވަނަ ދުވަހުގެ ފަހުން ކުލި ދައްކާނަމަ ގަވާއިދުގައިވާ ގޮތުގެ މަތިން ބިމަށް ދައްކާ ކުލީގެ ދުވަހަކަށްޖެހޭ އަދަދުގެ 25% ޖޫރިމަނާ ކުރެވޭނެއެވެ.
  2. ކައުންސިލަށް ހުއްދަނެތި، އެހެލައި މަރާމާތުކުރާ އޮޑިދޯނި ފަހަރުތައް މަރާމާތު ކުރިކަމުގެ ލިޔުން ދޫކުރެވޭނީ -/5000 (ފަސްހާސް ރުފިޔާ) ޖޫރިމަނާގެގޮތުގައި ކައުންސިލްގެ އިދާރާއަށް ދެއްކުމަށްފަހުގައެވެ.
  3. މި އުޞޫލުގެ ދަށުން ދައްކަންޖެހޭ ހުރިހާ ފީއެއް ދައްކަންޖެހޭނީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.
  4.  މި އުޞޫލާ ޚިލާފުވާ ފަރާތްތަކަށް ތިރީގައި މިދަންނަވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

1. ފުރަތަމަ ފަހަރަށް1000/-  ރުފިޔާއިން ޖޫރިމަނާ ކުރުން

2. ދެވަނަ ފަހަރަށް3000/-  ރުފިޔާއިން ޖޫރިމަނާ ކުރުން

3. ތިންވަނަ ފަހަރަށް5000/-  ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ބިން ވަކިކުރުން.

  1.  މި އުޞޫލާ ޚިލާފުވެގެން އޮޑިވަޅުގެ ބިން ވަކިކުރާ ފަރާތްތަކުގެ ދީފައިވާ ހުއްދަ 6 މަސްދުވަހުގެ މުއްދަތައް ހިފެހެއްޓޭނެއެވެ. އަލުން ހުއްދަ ދެވޭނީ އެފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ތިނަދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމުންނެވެ.

   ނޯޓް: މި އުޞޫލަށް އަމަލުކުރަން ފެށޭނީ ދިވެހިރާއްޖޭގެ ގެސެޓްގައި ޝާއިރު ކުރެވުމުންނެވެ.

19 ނޮވެންބަރު 2023