ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2023/143
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:06
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯނިއެހެލާ ސަރަޙައްދަށް އެހެލާފައިވާ އުޅަނދުތަކުގެ ދަފްތަރު އެކުލަވާލުން.

އިޢުލާން

ދޯނިއެހެލާ ސަރަޙައްދަށް އެހެލާފައިވާ އުޅަނދުތަކުގެ ދަފްތަރު އެކުލަވާލުން.

 

           ތިނަދޫ އިރުމަތީ ފަރާތު ދޯނިއެހެލާ ސަރަޙައްދަށް އެހެލާފައިވާ އުޅަނދުތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ. މިދަފްތަރު އެކުލަވާލުމުގެ ބޭނުމަކީ، ތަރުތީބެއް ނެތި ދިގުމުއްދަތަކަށް އުޅަނދުތައް އެހެލާފައި ހުރުމުގެ ސަބަބުން، އޮޑިދޯނިފަހަރު މަރާމާތު ކުރަން ބޭނުންވާ ގިނަ ބަޔަކަށް ހަމަހަމަ ކަމާއެކު އެސަރަޙައްދަށް ދޯނި އެހެލުމުގެ ފުރުޞަތު ލިބެމުންނުދާ މައްސަލަ ޙައްލުކުރުމެވެ. އަދި އުޅަނދު އެހެލާފައިވާ ދުވަސްތަކުގައި  މަސްވެރިކަން ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރު މަހަށް ފުރަންޖެހޭ ދުވަސްތަކަށް މަހަށް ނުފުރުމުން ކުރެވޭ ޖޫރިމައިނާއާއި އެހެނިހެން އުޅަނދުތަކުން ސަރުކާރަށް ދައްކަން ޖެހޭ އަހަރީފީ މަޢާފުކޮށްދިނުމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހޯދުމަށް މިއިދާރާގައި އެދުމުން ފަސޭހަކަމާއެކު އެފަދަ ލިޔުންތައް ދޫކުރެވޭނެ މަގު ފަހިކުރުމެވެ.  

ވީމާ، 19 ޑިސެމްބަރ 2023 ގެ ނިޔަލަށް ތިނަދޫ އިރުމަތީފަރާތު ދޯނިއެހެލާ ސަރަޙައްދަށް އެހެލާފައިވާ އުޅަނދުތައް މިއިދާރާގެ " މަރާމާތުކުރުމަށް އެހެލާ އުޅަނދުފަހަރުގެ ދަފްތަރު " ގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިއާއެކު 19 ޑިސެމްބަރ 2023  ވަނަ ދުވަހުން ފެށިގެން އެ ސަރަޙައްދަށް އެއްވެސް އުޅަނދެއް އެހެލަންވާނީ، މިއިދާރާއިން ހުއްދަދިނުމުން ކަމުގައި ދަންނަވަމެވެ. ކަނޑައެޅިފައިވާ ތާރީޚާއި ހަމައަށް މިއިދާރާގެ ދަފްތަރުގައި ރަޖިސްޓްރީ ނުކުރާ އުޅަނދުތައް  ނެގުމުގެ މަސައްކަތް މިއިދާރާއިން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އުޅަނދުފަހަރު ނަގާއިރު އެއުޅަނދުތަކަށް ލިބޭ ގެއްލުމުގެ ޒިންމާ މިއިދާރާއިން ނުނަގާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

މި އިދާރާގެ " މަރާމާތުކުރުމަށް އެހެލާ އުޅަނދުފަހަރުގެ ދަފްތަރު " ގައި ރަޖިސްޓްރީ ކުރެއްވުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 

19 ނޮވެންބަރު 2023