ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން، ހދ އަތޮޅަށް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ބަށި މުބާރާތް "ހދ.އަތޮޅު ލީގް – ބަށި މުބާރާތް 2023" ކުޅުދުއްފުށި ސިޓީގައި 15، 16، 17 ޑިސެންބަރ 2023 ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 26 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ރެޖިސްޓްރީ ވެފައިވާ ފަރާތްތަށް އަލުން ރެޖިސްޓަރ ވާން ނުޖެހޭނެ ވާހަކަ ދަންނަވާލަމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު https://forms.gle/qwvQ6KWhf36VR6N58 މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް، 03 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޓީމް ލިސްޓް މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓްwww.kulhudhuffushicity.gov.mv އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527131 ނުވަތަ 6527195 އަށެވެ.