ނޫސްބަޔާން
ނަންބަރު: (PR)203-LAW/1/2023/16
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:45
ސުންގަޑި: 26 ނޮވެންބަރު 2023 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސްބަޔާން- އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑު ޖޫރިމަނާ ކުރުމާ ގުޅޭ

ނޫސްބަޔާން

އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑު ޖޫރިމަނާ ކުރުމާ ގުޅޭ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑު ގެ ފަރާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި ގުޅިގެން އެ މައްސަލަ މި އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި އެ ކުންފުނިން ފަށާފައިވާކަން މި އެޖެންސީއަށް ޔަޤީންކުރެވިފައިވެއެވެ. އަދި ހަމައެހެންމެ މީގެ ކުރިންވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ގަވާއިދު ނަންބަރު: 2012/R-27 (ތިމަވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) އަށް 6 ފަހަރެއްގައި ޚިލާފުވުމާއި ގުޅިގެން އެފަރާތާއި މެދު މި އެޖެންސީން ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރަމެވެ.

ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) ގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި މަޝްރޫއުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާ މަޝްރޫޢުތައް

  1. ހދ. ފިނޭގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 7 ވަނަ ފަހަރު)
  2. ހއ. އުލިގަމް ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 8 ވަނަ ފަހަރު)
  3. ހއ. އުތީމު ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 9 ވަނަ ފަހަރު)
  4. ގދ. މާވަރުލުގައި ފެނާއި ނަރުދަމާ އަދި އިންޖީނުގެ އެޅުމުގެ މަޝްރޫޢު (ގަވާއިދާ ޚިލާފުވި 10 ވަނަ ފަހަރު)
  5. ށ. ފޭދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 11 ވަނަ ފަހަރު)
  6. ށ. މާއުނގޫދޫގައި ހުރި އިންޖީނުގެ އިތުރަށް ތަރައްޤީކުރުން (ގަވާއިދާ ޚިލާފުވި 12 ވަނަ ފަހަރު)
  7. ހއ. ދިއްދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 13 ވަނަ ފަހަރު)
  8. ރ. ރަސްގަތީމުގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 14 ވަނަ ފަހަރު)
  9. ރ. ކިނޮޅަހުގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 15 ވަނަ ފަހަރު)
  10. ނ. ކެނދިކުޅުދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 16 ވަނަ ފަހަރު)
  11. ހއ. މުރައިދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 17 ވަނަ ފަހަރު)
  12. ށ. ކޮމަންޑޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 18 ވަނަ ފަހަރު)
  13. ނ. ފޮއްދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 19 ވަނަ ފަހަރު)
  14. ޅ. ކުރެންދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 20 ވަނަ ފަހަރު)
  15. ހދ. ކުޅުދުއްފުށީގައި ހުރި އިންޖީނުގެ އިތުރަށް ތަރައްޤީކުރުން (ގަވާއިދާ ޚިލާފުވި 21 ވަނަ ފަހަރު)
  16. ހދ. ކުމުންދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 22 ވަނަ ފަހަރު)
  17. ދ. މީދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 23 ވަނަ ފަހަރު)
  18. ލ. މާބައިދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 24 ވަނަ ފަހަރު)
  19. ހއ. މޮޅަދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 25 ވަނަ ފަހަރު)
  20. ގދ. ރަތަފަންދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 26 ވަނަ ފަހަރު)
  21. ގއ. ވިލިނގިލީގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 27 ވަނަ ފަހަރު)

އެހެންކަމުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި ގުޅިގެން ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) 20 ވަނަ މާއްދާގެ (ހ) ރިޢާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން 4,200,000.00ރ (ހަތަރު މިލިއަން ދެލައްކަ ދިވެހިރުފިޔާ) އިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާ ކުރެވިފައިވާ ކަމާއި، އެ ޖޫރިމަނާ އަށްވާ ފައިސާ 19 ނޮވެމްބަރ 2023 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް ވަނީ އެ ފަރާތުގައި ދަންނަވާފައެވެ. އަދި، އެ ކުންފުނީގެ ފަރާތުން ކުރިޔަށްގެންދާ އެންމެހައި މަޝްރޫޢުތައް ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) އާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތަށް ފުރިހަކުރުމަށްފަހު ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ދަންނަވާފައެވެ.  

19 ނޮވެންބަރު 2023