ނީލަން
ނަންބަރު: MNU-CA-NL/2023/2
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 19:04
ސުންގަޑި: 25 ނޮވެންބަރު 2023 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސް.ބްލޮކްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމާ ގުޅޭގޮތުން 2023 އޮކްޓޯބަރ 25 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވެއެވެ.
  2. ވީމާ، މި ދުވަހު ނީލަމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުން ހަނދުވަރީ ހިނގުމުގައި ހުންނަ ޔުނިވަރސިޓީގެ އެސް.ބްލޮކް (ފެކަލްޓީ އޮފް ހެލްތު ސައެންސަސް ބިލްޑިންގ) ގައި 25 ނޮވެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
  3. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އެސް.ބްލޮކް (ފެކަލްޓީ އޮފް ހެލްތު ސައެންސަސް ބިލްޑިންގ، ހަނދުވަރީހިނގުން، މާލެ) އަށް ޙާޟިރުވުން އެދެމެވެ.
  4. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  5. ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 25 ނޮވެމްބަރ 2023  ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް އެސް.ބްލޮކް (ފެކަލްޓީ އޮފް ހެލްތު ސައެންސަސް ބިލްޑިންގ، ހަނދުވަރީހިނގުން، މާލެ) އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
  6. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
  7. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345134

އީ-މެއިލް: [email protected]

 

16 ނޮވެންބަރު 2023