ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2023/183
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:12
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި އެގުޒަމިނަރުން ހޯދުން

     ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު  ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ދިނުމަށްޓަކައި އެގްޒަމިނަރުގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އިމްތިހާނު ކުރިއަށްދާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

 

ބޭނުންވާ ޢަދަދު: 01

ޝަރުތު:

  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް  ކެޓަގަރީތަކުގެ ތެރެއިން ދަށްވެގެން (A,B,C,D,G) އޮތް މީހަކު ކަމުގައިވުން.
  • ކޯސްޓަލް ނެވިގޭޝަން ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ނުވަތަ 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.
  • ފާއިތުވި ތިންއަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައިވާ އަދި ޖިނާޢީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • އިނގުރައިދޫ ކައުންސިލްގައި ވަޒީފާ އަދާކުރާ ފަރާތަކަށްނުވުން.

 

އުޖޫރަ:  ޓެސްޓް ކުރާ ކޮންމެ ކެޓެގަރީގެ އުޅަނދަކަށް -/35 ރުފިޔާގެ ރޭޓުން ފައިސާލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. އެގްޒަމިނަރަކަށް ވުމަށް އެދި ހުށަހަޅާސިޓީ
  2. އައިޑީކާޑްގެ ކޮޕީ
  3. ލައިސަންސް ފޮތުގެ ކޮޕީ
  4. ޕޮލިސް ރިޕޯޓް

      ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ސިޓީއަކާއިއެކު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު 27  ނޮވެމްބަރ 2023 ހޯމަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އެގްޒެމިނަރުން ހޮވުމުގައި ގިނަ ގިންތީގެ އުޅަނދުފަހަރު އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

      ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

16 ނޮވެންބަރު 2023