ބީލަން
ނަންބަރު: (IUL)310-CA/310/2023/54
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި:
28 ނޮވެންބަރު 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ. މީދޫގެ މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތަކުގައި ޖަހާފައިހުރި ހޮޅިދަނޑިތައް މަރާމާތުކޮށް ބެލެހެއްޓުން އައުޓްސޯސް ކުރުމާބެހޭ
- ރ.މީދޫ އިޖުތިމާޢީ ސަރަހައްދުތައް ދިއްލުމަށް ޖަހާފައިވާ ބައްތިތައް ބެލެހެއްޓުމަށް ހެދިފައިވާ އެއްބަސްވުމުގެ މުއްދަތު 30 ނޮވެމްބަރު 2023 ގައި ހަމަވާތީ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރެއްވުން އޮންނާނީ 2023 ނޮވެމްބަރު 21 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.
- ބިޑަށް ކުރިމަތިލެވޭނީ ބިޑަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ވާތީ، 2023 ނޮވެމްބަރު 21 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބިޑު ރަޖިސްޓްރީ ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2023 ނޮވެމްބަރު 28 ވާ އަންގާރަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބުގައި މާކުސްދެވޭނެ ބައިތަކާއި މިންގަނޑުތައް ތިރީގައި މިވަނީއެވެ.
- މަސައްކަތުގެ އަގު %85
- މަސައްކަތު ދާއިރާއިން ލިބިފައިވާ ސަނަދުތައް
- ތަޖްރިބާ %5
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
02 ޖުމާދަލްއޫލާ 1445ހ.
16 ނޮވެމްބަރު 2023މ.
16 ނޮވެންބަރު 2023