ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެދަށުން ރާއްޖޭގެ 3 ސަރަހައްދެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢަށް ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް ސައިޓް ސުޕަވައިޒަރުން އަދި ޕްރޮޖެކްޓް އެސިސްޓަންޓުން ހޯދުމަށް އިޢުއުލާންކުރަމެވެ. މި މަޝްރޫޢާ ގުޅޭ އިތުރު ތަފުސީލު ތިރީގައި މިވަނީއެވެ.
ސައިޓް އޮފީސް ޤާއިމުވެފައި ހުންނަރަށް |
ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް |
މުވައްޒަފުން ބޭނުންވާ އަދަދު |
|
ސްޕަވައިޒަރ |
ޕްރޮޖެކްޓް އެސިސްޓަންޓް |
||
ސ.ހިތަދޫ |
ސ.ހިތަދޫ އަދި ސ.ހުޅުމީދޫ |
1 |
1 |
ހުޅުމާލެ |
ހުޅުމާލެ |
1 |
1 |
ގދ.ތިނަދޫ |
ގދ.ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ، ގދ.ގައްދޫ، އަދި ގއ.ވިލިނގިލި |
2 |
2 |
ފެންވަރު ނުވަތަ ޝަރުޠު:
- ސައިޓް ސުޕަވައިޒަރ
- މަސައްކަތުގެ މަޤާމާއި ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- މަސައްކަތުގެ މަޤާމާއި ގުޅޭ ދާއިރާއަކުން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.
- ޕްރޮޖެކްޓް އެސިސްޓަންޓް
- ސާނަވީ އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ" ފާސް ލިބިފައިވުން، ނުވަތަ
- މަސައްކަތުގެ މަޤާމާއި ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑު. ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމި ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލުކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މިމިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ
ފޯނު: 3004153 / 3004300 ފެކްސް: 3004301
އީމެއިލް: [email protected]
ވެބްސައިޓް: www.housing.gov.mv