ދިވެހިރާއްޖެ
ޕްރިޒަންސް-1 ދޯނިން ނަގާފައިވާ ޑީސަލް އިންޖީން ( މެރިން 350 ހޯސްޕަވަރ ) އާއި ޝާފްޓް، ޓިއުބު، ގިއަރބޮކްސް އަދި ބުރަފަތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)167-AD/167/2023/71 އިޢުލާނާ ގުޅިގެން 31-10-2023 ގައި ބޭއްވުނު ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ދައްކަވާފައި ނުވާތީ، އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާންކުރީމެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި އެވަނީއެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ތިލަފުށި އެމް.ޓީ.ސީ.ސީ ބޯޓްޔާޑް ސައިޓް
ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 23 ނޮވެންބަރު 2023 ވަނަ ދުވަހުގެ 11:00 ގައި.
ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
ނީލަންފެށޭ އަގު :150000ރ. (އެއް ލައްކަ ފަންސާސްހާސް ރުފިޔާ)
ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑަ އަގު: 10000ރ. (ދިހަ ހާސް ރުފިޔާ)
މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 9762256
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު އެ މުއްދަތުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ. ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.
ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.