ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-C/2015/23
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 18 މާރިޗު 2015 14:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެސެންޖަރ

ވަޒީފާގެ ފުރުޞަތު

މިއޮފީހުގެ ނަންބަރު 1/2015/15/(C-196(IUL އިޢުލާނާ ގުޅިގެން ޝަރުޠު ފުރިހަމަވާ ބޭފުޅެއް ކުރިމަތިލައްވާފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: މެސެންޖަރ، މަސައްކަތު 

ބޭނުންވާ ޢަދަދު: 01 (އެކެއް)

މުސާރަ: -/5570 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: އައްޑުއަތޮޅު ގޮފި/ ސ. ހިތަދޫ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:  އޮފީހުން ބަހަންޖެހޭ ލިޔެކިއުންތައް ބެހުމާއި، އައްޑުއަތޮޅު ގޮފި ފޮޅާ ސާފުކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު: 

  • ގްރޭޑް 7 ން ފާސްވެފައިވުން.
  • މަޤާމުގެ ވާޖިބުތައް އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރުމާއި ޤާބިލުކަން ހުރުން.
  • އުމުރުން 55 އަހަރު ވެފައިނުވުން.

އިތުރު އެލަވަންސް: މި މަޤާމަށް ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/50 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 18 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުންއެދެމެވެ. މިމަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެއެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015