ނީލަން
ނަންބަރު: 171-M(F3)/IUL/2023/048
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި:
20 ނޮވެންބަރު 2023 10:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިިމުއައްސަސާގެ ފުވައްމުލައް ސިޓީ ޕޮލިސްގައި ބޭނުންކޮށްފައިވާާ 01 ވެހިކަލް ނީލަމުގައި ވިއްކާލުމަށް
ނީލަން ކިއުން.
- މިމުއައްސަސާގެ ފުވައްމުލައް ސިޓީ ޕޮލިސްގައި ބޭނުންކޮށްފައިވާާ 01 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ކުރެވުނު މުއައްސަސާގެ ނަންބަރު 171-M(F3)/IUL/2023/047 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
- ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 ނޮވެމްބަރ 20 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2023 ނޮވެމްބަރ 21 ވަނަ ދުވަހުގެ 10:00ގައި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަންގައެވެ.
- ނީލަން ކިއުން އޮންނާނީ 2023 ނޮވެމްބަރ 22 ދުވަހުގެ 10:00 ގައި އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓަރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
15 ނޮވެންބަރު 2023