ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-CA/247/2023/134
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:53
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
10 އަހަރުންދަށުގެ ކުދިންނަށް ދެމުންދިޔަ އައި. ޑީ ކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލުމާ ބެހޭ
އިޢުލާން
މިކައުންސިލުން ދެމުންދިޔަ 10 އަހަރުން ދަށުގެ ކުދިންނަށް ކާޑު ހެއްދުމުގެ ޚިދުމަތް، އެ މަސައްކަތް ކުރަމުންދާ ޕޯޓަލްއަށް ދިމާވެފައިވާ މައްސަލަ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންއަށް ޙައްލު ކޮށްދެވިފައި ނުވާތީވެ، އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން މެދު ކަޑާލި ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
01 ޖުމާދަލްޢޫލާ 1445
15 ނޮވެންބަރު 2023