ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2015/51
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 17 މާރިޗު 2015 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މަސައްކަތު (ސަޕޯޓް ސްޓާފް ގްރޭޑް 2)

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމު:

މަސައްކަތު (ސަޕޯޓް ސްޓާފް ގްރޭޑް 2)

ބޭނުންވާ ދާއިރާ/ ޔުނިޓް

އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ  ޅ. މާފިލާފުށި ޕޯސްޓް

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ޅ. މާފިލާފުށި

ބޭނުންވާ އަދަދު

01

މުސާރަ:

(މަހަކު) -/3470 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ   

އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސިފައިންގެ މަރުކަޒުތައް ހިމެނޭ ސަރަހައްދު ކުނިކަހާ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ގަސްތަކަށް ފެންދީ ހައްދައި ބެލެހެއްޓުމާއި، އަދި ސިފައިން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

އިތުރު މަޢުލޫމާތު:

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ޅ. އަތޮޅު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3322601 އެކްސްޓެންޝަން ނަންބަރު 3157 ފޯނާ ގުޅުއްވުން އެދެމެވެ.

17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015