ވަޒީފާގެ ފުރުޞަތު
ނަންބަރު: 123-A/IUL//2015/18
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 24 މާރިޗު 2015 15:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  • މުސާރަ: -/11,000 ރުފިޔާ
  • ސަރވިސް އެލަވަންސް: -/6,000 ރުފިޔާ

ޝަރުޠު

  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ  ހާސިލުކޮށްފައިވުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
  • ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • އުމުރުން 55 އަހަރު ވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • މިކޮމިޝަނުގައި މިހާރު ބޭނުންކުރާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
  • މިކޮމިޝަނުން ޑިވެލޮޕްކުރަން ބޭނުންވާ ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމާއި، ކޮމިޝަންގެ ސޮފްޓްވެއަރތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެތަކެތި ބެލެހެއްޓުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ޑިގްރީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓްފިކެޓް އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓްފިކެޓް އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
  •  އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

24 މާރިޗު 2014ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

  • އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
  • އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  • އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  • އިންޓަރވިއުއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓްކޮށް ނިމުމުން ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢު ކުރާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
  • ފޯމު ބަލައިގަތުމަށްފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015214 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

12 މާރިޗު 2015