ވަޒީފާގެ ފުރުޞަތު
ނަންބަރު: MRDC-IUL/2015/05
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 19 މާރިޗު 2015 12:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް ސާރވެޔަރ

އިޢުލާން

މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ސާރވެޔަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/4560 (ހަތަރު ހާސް ފަސް ސަތޭކަ ފަސް ދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1،500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކުންފުނީގައި ހަމަޖައްސާފައި އޮންނަ އުޞޫލެއްގެ މަތީން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓް ތަކުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކުންފުނިން ހިންގާ އެކިއެކި ޕްރެޖެކްޓްސްތަކުގެ ސާރވޭ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާ ގުޅޭދާއިރާއަކުން ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • އޯލެވެލް އިން އިނގިރޭސި، ދިވެހި އަދި ހިސާބު މި 3 މާއްދާއިން ދަށްވެގެން 'ސީ' ފާސްލިބިފައިވުން.
  • ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • އެހެން ވަޒީފާއެއް އަދާކުރާ މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީއަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މިވަޒީފާއަށްއެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވީމާ، 19 މާރިޗު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ.

17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015